އޭސީއެމްގެ ތަޢާރަފު
އޭޖްޑް ކެއަރ މޯލްޑިވްސް (އޭސީއެމް) އަކީ ދުވަސްވީ އަދި ދުވަސްވަމުންދާ މީހުން ނުވަތަ އުމޫރުންގެ ޖިސްމާނީ ޖަޒުބާތީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ. އޭސީއެމް އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ދުވަސްވީ އަދި ދުވަސްވަމުންދާ ފަރުދުންނާއި އާއިލާތަކަށް އުމޫރުވުމުގެ (ދުވަސްވުމުގެ) ގޮންޖެހުންތައް ރަނގަޅަށް މެނޭޖުކުރާން ބާރުވެރިކުރުމަށް އެހީތެރިވާ ޚިދުމަތްތައް ހިމެނެއެވެ. އަދި އުމޫރުންގެ ޙައްގުތަކާއި ކަރާމަތް އުފުލައި ދަމަހައްޓާ ސިޔާސަތުތަކާއި އިޖުތިމާއީ ނަޒަރިއްޔާތަށް އޭސީއެމް އިން ވަކާލާތުކުރެއެވެ.
އޭސީއެމް އަކީ ދުވަސްވީ އަދި ދުވަސްވަމުންދާ ފަރުދުން ބެލެހެއްޓުމުގައި ދިވެހިރާއްޖޭގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމަށް ޑރ އާމިނަތު ޖަމީލުއާއި އޭނާގެ ފިރިކަލުން އފ. މުޙައްމަދު އިސްމާއީލު މަނިކު 2004 ގައި އުފެއްދެވި މަންފާ ސެންޓަރުގެ ޚިދުމަތްތައް ދެމެހެއްޓުމަށް 2008 ގައި ވުޖޫދުވި ޖަމިއްޔާއެކެވެ.
ތަސައްވުރު
ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހަރަކާތްތެރިކަމާއި ދުޅަހެޔޮކަމުގައި އުމުރުން ދުވަސްވުމުގެ ފުރުސަތު އުފައްދައި ފަހިކުރުން
މުހިންމަތު
ދުޅަހެޔޮކަމާއެކު އަމިއްލަވެރި ގަދަރުވެރި ދިރިއުޅުމެއް އުޅުމަށް ދުވަސްވީ އަދި ދުވަސްވަމުންދާ ފަރުދުން ބާރުވެރިކުރުން
އިސްކަންދޭ އިސްތިރާޖީ ދާއިރާތައް
ސިޔާސަތު
ގައުމީ ސިޔާސަތު ކަނޑައެޅުމުގައި ދޮށިއުމުރުގެ މީހުންގެ ހައްގުތައް ކުރިއެރުވުމަށް އެފަރާތްތައް ތަމްސީލުކޮށް ވަކާލާތުކުރުން.
ސިއްހަތާއި އާފިޔަތު
ދޮށިއުމުރުގެ މީހުންގެ ނަފްސާނީ، ޖިސްމާނީ އަދި މާލީ ހާލަތު ރަނގަޅުކުރުމުގެ މަޝްރޫއުތައް ހިންގައި އިތުރުކުރުން
ޙައްގުތައް
ދޮށިއުމުރުގެ މީހުންގެ ހައްގުތަކަށް ވަކާލާތުކޮށް ރައްކާތެރިކުރުމުގައި، ޙާއްސަކޮށް އެފަރާތްތައް އަނިޔާތަކުން ރައްކާތެރިކުރުމުގައި ޖަމާއަތުގައި އިސްނެގުން.
މުވައްސަސާ
މުވައްސަސާ އާއި ޚިދުމަތްތަކުގެ މަދަދު ދިގުމުއްދަތަށް ދެމެހެއްޓުން ކަށަވަރުކުރުމަށްޓަކައި ޖަމިއްޔާގެ ގާބިލުކަން އިތުރުކުރުން.