Skip to content

ހެލްތު ސްކްރީނިންގ

ހެލްތު ސްކްރީނިންގ. ލޯކަލް މާރުކޭޓު ސަރަހައްދުގައި ބޭއްވުނު މިހަރަކާތަކީ މައިގަނޑު ގޮތެއްގައި އޮޑިދޯނިފަހަރުގެ މީހުންނަށް އަމާޒުކޮށްގެން ބޭއްވުނު ހަރަކާތެކެވެ. އޮޑިދޯނިފަހަރުގެ މީހުންނަކީ އެމީހުންގެ މަސައްކަތް ހުންނަގޮތުން ހެލްތު ސްކްރީނެއް ކޮށްލަންދާނެހާ ވަގުތުކޮޅެއްވެސް ހޯދާލަން ދަތިބައެކެވެ. ކުރުންތެރިކަމާއެކު ރޭވުނު މިހަރަކާތަކީ ސިއްހީ ފަންނުވެރިންގެ ބައިވެރިވުމާއެކު އިސްކޮޅާއި ބަރުދަން، ލޭގެ ޕްރެޝަރު އަދި ލޭގައި ހަކުރު ހުންނަމިންވަރު ބެލުމާއެކު ޑަކްޓަރުގެ މަޝްވަރާ ދިނުމުގެ ހަރަކާތެކެވެ. މިކަމުގައި ބައިވެރިވި މީހުންގެ އަދަދުންނާއި އެމީހުންގެ ކިބައިން ފެނުނު ޝައުގުވެރިކަމުން ދައްކައިދެނީ މިސަރަހައްދުގައި މިފަދަ ޚިދުމަތަށް ބޭނުންވެފައިވާ މިންވަރެވެ.