2024 އަހަރު ދުނިޔޭގެ ދުވަސްވީމީހުންގެ ދުވަސް ހއ. އިހަވަންދޫގައި އިހަވަންދިއްޕޮޅު އަތޮޅު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އާމިނަ ދިޔޯ ހެލްތު ސެންޓަރ އަދި އާދަމް ކަލޭގެ ޙުސައިން )އޭ.ކޭ.އެޗް.( ފައުންޑޭޝަނާ ގުޅިގެން 1 އޮކްޓޫބަރ 2024 ގައި ބޭއްވުނެވެ. މިޕްރޮގްރާމްގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ޞިއްޙީ ދުޅަހެޔޮކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާބެހޭގޮތުން ގިނަ ޙަރަކާތްތަކެއް ހިންގުނެވެ. އިހުގެ ބައެއް ކުޅިވަރު ހިމަނައިގެން އަތިރިމަތީގައި ބޭއްވި ޙަރަކާތްތަކުގައި އުމުރުން ދުވަސްވީ މީހުންގެ ފުރިހަމަ ބައިވެރިވުން ލިބުނެވެ.