Skip to content

މެންބަރުންގެ ފަން ނައިޓް

މެންބަރުންގެ ފަން ނައިޓް. ގަނޑުފިއްލާގެ ހަރަކާތާއެކު ޅަދުވަސްވަރުގެ ހަނދާންތައް އާވުމުން މަންފާ ސެނޓަރ ގުގުމާލާފައި އޮތީ ސަކަ ހުނުމާއި ހަޅޭކުގެ އަޑުންނެވެ. މެންބަރުންގެ މެދުގައި އޮންނަ އެކުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން މި ހަރަކާތް ވެގެންދިޔައީ ހަނދާން ނައްތާލަން ދަތި ހަރަކާތަކަށެވެ. ރޭގަނޑުގެ ހަރަކާތްތައް ވަރަށް މަޖާ، އުފާވެރި މާހައުލެއްގައި ނިމިގެންދިޔައީ ލަވަކިއުމުގައި މެންބަރުންގެ ހުނަރު ފެނިގެންދިޔަ ޒަމާނީ ކަރާއޮކޭ ލަވަ ކިއުމުގެ ތެރޭންނެވެ.